Last Updated: June 24, 11:15
Wednesday, June 24, 2026
ޚަބަރު

ސަރުކާރުން ނޫސްވެރިންނަށް ދައްކަނީ ބިރު: ޝާހިދު

ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު ރާއްޖޭގެ ސަރުކާރުން ޒިންމާދަރުވުމުގެ ބަދަލުގައި އިހުތިޔާރުކޮށްފައި ވަނީ ނޫސްވެރިިންނަށް ބިރު ދެއްކުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެ އެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ މި އަހަރު ހަތަރު ދަރަޖަ ފަހަރަށް ވެއްޓި 108 ވަނައިގައި އޮތްކަން ފާހަގަ ކުރައްވައި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ކުރީގެ ފޮރިން މިނިސްޓަރު ވިދާޅުވީ އެއީ ލަދުވެތި ވަނައެއް ކަމަށެވެ.

"ސަރުކާރުން ވަނީ ކަންކަން ހާމަކުރުމުގެ ބަދަލުގައި ބިރު ދެއްކުމަށް ފަށާފައި،" ޝާހިދު ވިދާޅުވި އެވެ. "ނޫސްވެރިކަން ހަނިކުރާ ގާނޫނުތަކުން ފެށިގެން ނިއުސްރޫމްތަކަށް ފުލުހުން ވަދެ ހިންގި ތަހުގީގުތަކާ ހަމައިން ފެށިގެން މި ސަރުކާރު ޒިންމާދާރުވުމުގެ ބަދަލުގައި ހިޔާރުކުރީ ބިރު ދެއްކުން."

އޭނަ ވަނީ ސަރުކާރު އިސްވެ އޮވެ ނޫސްވެރިންނަށް ފުރައްސާރަ ކުރުމާއި، ޖިނާއީ ދައުވާ ކުރުން ވަގުތުން ހުއްޓާލުމަށް ވެސް ގޮވާލައްވައިފަ އެވެ.

ޝާހިދު މި މޭރުމުން ސަރުކާރަށް ފާޑުވިދާޅުވި އިރު، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފޮނުއްވި ހިތޯބުގައި ވިދާޅުވީ މީޑިއާތަކަށް ދުވަހަކު ވެސް ރާއްޖޭގެ ސަރުކާރަކުން މިހާތަނަށް ނުދޭ ސަމާލުކަން މި ސަރުކާރުން ދެމުން އަންނަ ކަމަށެވެ.