Last Updated: June 21, 03:30
Saturday, June 20, 2026
ޚަބަރު

އީސީން ޒިންމާ އަދާކުރަން އިސްމާއީލް ގޮވާލައިފި

އިދިކޮޅު ބައެއް ޕާޓީތަކުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާތީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އިލެކްޝަން ކޮމިޝަން (އީސީ) ހަމައިސްކޮޅަށް ތެދުވެ، ޒިންމާ އަދާކުރަން ޖެހޭ ކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް ނިސްބަތްވާ ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު އިސްމާއީލު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އޭނަ މިއަދި ވަނީ އީސީގެ އިތުރުން، މި ސަރުކާރުން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން އެތަންތަނުގެ ޒިންމާ އަދާކުރަން ގޮވާލައްވައިފަ އެވެ.

އިސްމާއީލް ވިދާޅުވީ ސިޔާސީ ލީޑަރުން އެބައިމީހުންގެ އަމިއްލަ އަންބޮނޑި ބޮޑުކުރުމައްޓަކައި ނޫސްމަ ޖައްލާތަކާއި ޓީވީ ޗެނަލްްތަކާ މީސް އާއި ޕާޓީތަކުގެ އެކްޓިވިސްޓުން ބޭނުންކޮށްގެން ފުރަމާލޭގެ މަގުތައްމަތީ ދެކޮޅަށް ދުވެ އަޑުގަދަކުރާ ވަސީލަތްތައް ގައުމުގެ އެންމެ މަތީ ވެރިޔާގެ ޒާތާ ބެހި ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.

ރާއްޖޭގެ އެންމެ މަތީ ވެރިޔާގެ ޒާތުފުޅަށް ނިސްބަތްކޮއް ބުހުތާނު ދޮގު ހަބަރު ފަތުރަމުން ދާއިރު ބްރޯޑުކާސްޓިން ކޮމިޝަނާއި ޕާޓީތަކުގެ ބެލެނިވެރި ފަރާތް އިލެކްޝަން ކޮމިޝަންގެ ގާނޫނީ ޒިންމާ އަދާރަން ހަމައިސްކޮޅައް ތެދުވަން ޖެހޭ. އިސްމާއީލް ވިދާޅުވި އެވެ.

އޭނަ މިގޮތަށް ވިދާޅުވި އިރު، މި ދަނޑިވަޅުގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ވަނީ މި މަހުގެ 1 ގައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެމްޑީޕީ އާއި ޕީއެންއެފުން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތަކުގައި އާންމު އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހިންގަމުންދާ ކަމަށް ބުނެ އެ ޕާޓީތަކުން އެ މިންގަނޑުތަކަށް ސަމާލުވުމަށް ވެސް އީސީން ވަނީ އެ ޕާޓީތަަށް އަންގައިފަ އެވެ.

މީގެ އިތުރުން ޕީއެންއެފްގެ މުޒާހަރާތައް ލައިވް ނުކުރަން އެމްއެމްބީސީން ޗެނަލް-13 އަށް އަންގާފައިވާ އިރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގަޒުފްގެ ތުހުމަތުވާ ގޮތަށް ނޫހަކުން ޑޮކިއުމަންޓަރީއެއް ގެނެސްދިން މައްސަލަ އެމްއެމްބީސީން އަންނަނީ ބަލަމުންނެވެ.