ދާދި ފަހުން ރާއްޖޭގައި ވެސް ވިއްކުމާއި ބޭނުން ކުރުން މަނާކުރި ކުޑަކުދިންގެ ކާނާ ބްރޭންޑެއް ކަމަށްވާ ހިޕްގެ އުފެއްދުންތަކުން ވިހަ މާއްދާތަކެއް ފެނުނު މައްސަލައިގައި އޮސްޓްރިއާ އިން މީހަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކުން ބުނީ ހިޕް ބްރޭންޑްގެ އުފެއްދުންތަކަކުން މީދާ މަރާ ބޭހުގެ އަސަރު ފެނުނު މައްސަލައިގައި އޮސްޓްރިއާގެ ބާގެންލޭންޑް އިން އިއްޔެ ހައްޔަރުކޮށްފައި ވަނީ 39 އަހަރުގެ ފިރިހެނަކު ކަމަށެވެ.
އެކަމަކު އޭނައާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.
ހިޕް ބްރޭންޑްގެ ކުޑަކުދިންގެ ކާނާގެ ތެރޭގައި ހިމެނޭ ޕޮޓޭޓޯ އެންްޑް ކެރޮޓް ޕިއުރީގެ ސްޓޮޓަކުން ވިހައިގެ އަސަރު ފެނުނީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އަދި އެ ބެޗްގެ އުފެއްދުންތަކެއް އޮސްޓްރޭލިއާގެ އިތުރުން ޗެކް ރިޕަބްލިކާއި ސްލޮވާކިއާ އިން ވެސް ފެނިފައިވެ އެވެ.
ހިޕް އަކީ ޖަރުމަންގެ ބްރޭންޑެކެވެ.
ރާއްޖޭގައި ހިފްގެ މުއާމަލާތްތައް ނުހިންގަން އަންގައި އެކަމަށް އާންމުން ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެންގީ މިދިޔަ މަހުގެ 20 ގަ އެވެ.