އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު މުބީން އައްޔަންކޮށްފި އެވެ.
ކުރިން ބިލެތްދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރެއްވި މުބީން ވަނީ މި ސަރުކާރުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރިން ކުރައްވައިފަ އެވެ. އޭނަ އެމްޓީސީސީގެ ޑީއެމްޑީއަކަށް އައްޔަންކުރުމާ ގުޅިގެން އެ ކުންފުނިން މިއަދު މަރުހަބާ ވެސް ކިޔާފައިވެ އެވެ.
މުބީން އެމްޓީސީސީގެ ޑީއެމްޑީއަކަށް އައްޔަންކޮށްފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް މިދިޔަ މަހުގެ 26 ގައި މަގާމުން ވަކިކޮށްފައި ވަނިކޮށެވެ.
އެމްޓީސީސީގެ އެމްޑީ/ސީއީއޯ އަކީ އަހުމަދު ސައުދީ އެވެ.