Last Updated: June 18, 00:23
Wednesday, June 17, 2026
ޚަބަރު

ނޫސްވެރިންނަށް ބިރު ދެއްކުން އާންމު ކަމަކަށް ހަދައިފި

ރައީސް ނަޝީދު. ފޮޓޯ: އަދަދު

ނޫސްވެރިންނަށް ބިރު ދެއްކުން އާންމު ކަމަކަށް ހަދާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ޕްރެސް ފްރީޑޮމް އިންޑެކްސްގައި ރާއްޖެ ދަނީ "ސޮހެމުން" ކަމަށެވެ.

އެގޮތުން މަސްދަރު ހާމަކުރަން މަޖުބޫރުކޮށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން މެދުވެރިކޮށް ބިރު ދައްކަމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ޕްރެސް ފްރީޑޮމް އިންޑެކްސްގައި ރާއްޖެ ދަނީ ސޮހެމުން. މަސްދަރު ހާމަކުރަން މަޖުބޫރު ކުރުމާއި، މީޑިއާ ކޮންޓްރޯލް ކޮމިޝަން މެދުވެރިކޮށް ބިރު ދެއްކުން އާންމު ކަމަކަށް ހަދައިފި،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހިމާޔަތުގައި ދޫދިނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.