Last Updated: June 18, 00:30
Wednesday, June 17, 2026
މުނިފޫހިފިލުވުން

ބޮލީވުޑުން ލޯބީގެ އާ ޖޯޑެއް

ބޮލީވުޑްގެ ތަރިން ކަމަށްވާ އަދިތިޔާ ރޯއި ކަޕޫރާއި ތާރާ ސުތާރިއާ ރައްޓެހިވެގެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ވަރަށް ގިނަ މީޑިއާތަކުން ބުނެފައިވާ ގޮތުން އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މިހާރު ކަށަވަރެވެ. އެކަމަކު މިކަމާ ގުޅޭ ގޮތުން އަދިތިޔާ، 40، އާއި ތާރާ، 30، ވެސް މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ. އެ ދެ މީހުންގެ ގުޅުމުގެ ވާހަކަ މީޑިއާތަކުގައި ދެކެވެން ފެށީ އިއްޔެ އެވެ.

އަދިތިޔާ އެންމެ ފަހުން ރައްޓެހިވެގެން އުޅުނީ ތާރާއާ އެކު އެއް ފިލްމަކުން ބޮލީވުޑަށް ނުކުތް އަނަންޔާ ޕާންޑޭއާ އެވެ. އެ ދެ މީހުންގެ ލޯބީގެ ގުޅުމުގެ ވާހަކަ ވަރަށް ހޫނުކޮށް ދެކެވި، ކައިވެނީގެ އަޑުތަކެއް ވެސް އަރާފައި ވަނިކޮށް، ގުޅުން ނިމުމަކަށް އައީ 2024 ގަ އެވެ. ދެ ތަރިން ރައްޓެހިވީ 2022 ގަ އެވެ.

އަނަންޔާ އާއި ތާރާ ބޮލީވުޑަށް ތައާރަފުވީ 2019 ގެ ފިލްމު "ސްޓޫޑެންޑް އޮފް ދި އިޔާ 2" އިންނެވެ. އަނަންޔާ ކުރިން ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ޚައްތަރުއާ ވެސް ރައްޓެހިވެ އެވެ. ޒުވާން ދެ ތަރިން އެކީގައި ފިލްމެއް ވެސް ކުޅެފައިވެ އެވެ. އެއީ 2020 ގެ "ކާލީ" ޕީލީ އެވެ.

އިޝާންއާ ރުޅިވި ފަހުން އަނަންޔާ ކާތިކް އާރިއަނާ ވެސް ރައްޓެހިވިކަމުގެ އަޑުތަކެއް އެރި އެވެ. އެ ދެ ތަރިން އެކީގައި ދެ ފިލްމު ކުޅެފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އާއި 2019 ގެ ޕަތީ ޕަތުނީ އޯރް ވޯ އެވެ.

އަދިތިޔާ އާއި ތާރާގެ ގުޅުމުގެ ވާހަކަ ދެކެވެމުން އަންނަ އިރު، އަދިތިޔާ އާއި އޭނަގެ "އާޝިގީ 2" ގެ ބަތަލާ ޝްރަދާ ކަޕޫރް ވެސް ލޯބީގެ ގުޅުމެއް ބާއްވާފައިވެ އެވެ.

ތާރާ އެންމެ ފަހުން ރައްޓެހިވެގެން އުޅުނީ 2024 ގެ ފިލްމު "ސްކައި ފޯސް" އިން ބޮލީވުޑަށް ތައާރަފުވި ވީރް ޕަހަރިއާ އެވެ. ވީރް އަކީ ބަތަލާ ޖާންވީ ކަޕޫރްގެ ލޯބިވެރިޔާ ޝިޚާރް ޕަހަރިއާގެ ކޮއްކޮ އެވެ. ވީރްއާ ރައްޓެހިވުމުގެ ކުރިން ތާރާ ވަނީ މަޝްހޫރު ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި ކަރީނާ ކަޕޫރްގެ ކަޒިންއެއް ކަމަށްވާ އާދާރް ޖެއިންއާ ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ.

ކައިވެނީގެ އަޑު ވެސް އަރާފައި ވަނިކޮޑް އެ ގުޅުމުގައި ސިއްކަ ޖެހުމުން އާދާރު ވަނީ މިދިޔަ އަހަރު އަލައިކާ އަދުވާނީ ކިޔާ މީހަކާ ކައިވެނިކޮށްފަ އެވެ.