Last Updated: June 17, 18:07
Wednesday, June 17, 2026
ޚަބަރު

މަރާމާތަށް ސަލްޓަން ޕާކު ބަންދުކުރަނީ

ސަލްޓަން ޕާކު މަރާމާތު ކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާތީ، މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ވަކި ވަގުތެއްގައި އެތަން އާންމުންނަށް ބަންދުކުރުމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ސަލްޓަން ޕާކު މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން ފުރިހަމަކުރަން ޖެހޭ އިތުރު މަސައްކަތްތަކެއް ހުރުމުން، މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00 އިން ފެށިގެން ޕާކު ބަންދުވާނެ ކަމަށެވެ.

އެ ވަގުތުތަކުގައި ޕާކު ބަންދުކުރަނީ މަރާމާތުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކަމަށް މިނިސްޓްރީން ބުންޏެވެ.

މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް މިދިޔަ އޮގަސްޓު މަހު ވެސް އެ ޕާކު ބަންދުކުރި އެވެ. އޭގެ ފަހުން ޕާކު ހުޅުވީ މިދިޔަ ފިތުރު އީދުގަ އެވެ.