Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

އައްޑޫގެ ސިއްހީ ހިދުމަތްތައް ކުރިއަރުވަން މަޝްވަރާކޮށްފި

އައްޑޫގެ ސިއްހީ ހިދުމަތްތައް ކުރިއަރުވަން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއޭޗް) އަށް އަލަށް އައްޔަންކުރެއްވި ސީއީއޯ ޑރ. އަހްމަދު އަދީލް ނަސީރާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

އައްޑޫ ކައުންސިލުން ބުނީ މި ބައްދަލުވުމުގައި، އައްޑޫގެ ސިއްހީ ހިދުމަތްތައް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންނާއި، ދެފަރާތުން އިސްކަންދޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން، ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރެވޭނެ އައު ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވިފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.