Last Updated: June 21, 17:47
Sunday, June 21, 2026
ކުޅިވަރު

އިންޓައިން 21 ވަނަ ފަަހަރަށް ލީގު ކާމިޔާބުކޮށްފި

ޕާމާ އަތުން 2-0 އިން މޮޅުވެ، އިންޓަ މިލާނުން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން 21 ވަނަ ފަަހަރަށް ހޯދައިފި އެވެ.

ރޭގެ މެޗަށް ނުކުތްއިރު، އިންޓައަށް ލީގު ކަށަވަރުކުރަން ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ.

ލީގު ތާވަލުގެ އެއް ވަނައިގައި އިންޓަ އޮތީ 35 މެޗުން 82 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނަޕޯލީއަށް 35 މެޗުން ލިބިފައިވަނީ 70 ޕޮއިންޓެވެ. ލީގުގައި ބާކީ ދެން އޮތީ ތިން މެޗެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުކޮޅުތެރޭ އިންޓައަށް ލީޑު ނަގައިދިނީ އެޓީމުގެ ފްރާންސް ފޯވާޑް މާކަސް ތުރާމް އެވެ. މިއީ ޕާމާގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން ތުރާމް ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފުގައި ވެސް އިންޓައިން ދިޔައީ ޕާމާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން އެޓީމުގެ ދެވަނަ ގޯލު މެޗުގެ 80 ވަނަ މިނެޓްގައި ލައުޓާރޯ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރީ ދެވަނަ ހާފުގައި ކުޅެން އެރި ހެންރިކް މިކިތާރިޔަން އެވެ.

މިއީ 2024 ވަނަ އަހަރަށް ފަހު އިޓަލީ ލީގު އިންޓައިން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.