Last Updated: July 18, 13:05
Saturday, July 18, 2026
ޚަބަރު

ތިމާވެށްޓާއި ވިޔަފާރީގެ ދާއިރާއިން މަޝްވަރާކޮށްފި

ތިމާވެއްޓާއި ޓޫރިޒަމާއި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރު ކުރަން ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ދިޔައީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަގެ ދަޢުވަތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ގައުމަށް އިއްޔެ ފެއްޓެވި ދަތުރުގެ ތެރެއިން ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތު ރައީސްގެ އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގަ އެވެ.

އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް 60 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވައިފަ އެވެ. އެގޮތުން ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަކީ އެއްގޮތް އުސޫލުތަކާއި، ބަދަހި ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރެއްވި އެވެ.

ރާއްޖެ އާއި ލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ ޖުލައި 26، 1965 ގަ އެވެ.