އިންޑިއާގެ ބަތަލާ ހުމާ ގްރޭޝީ މި އަހަރުގެ ފަހުކޮޅު ކައިވެނި ކުރަން ޕްލޭންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ އޭނަ އާއި އެންގޭޖްވެފައިވާ ލޯބިވެރިޔާ ރަޗިތު ސިންގް ކައިވެނި ކުރަން ނިންމާފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު ނުވަތަ ނޮވެމްބަރު މަހުގެ ކުރީކޮޅު ކަމަށެވެ.
އެހެންވެ އެކަމުގެ ތައްޔާރީތައް މިހާރު ވެސް ވަމުން އަންނަ ކަމަށް ބުންޏެވެ.
ހުމާ އާއި ރަޗިތު އެންގޭޖްވެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އެމެރިކާގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ހުމާއާ އެއްގޮތަށް ރަކްޗިތު އަކީ ވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އޭނަ އަކީ އެކްޓިން ކޯޗެއްގެ އިތުރުން އެކްޓަރެކެވެ.
މިހާތަނަށް ބޮލީވުޑުން މާ ބޮޑު މަޝްހޫރު ކަމެއް ހޯދިފައި ނުވާ ހުމާ، 39، ބޮލީވުޑަށް ތައާރަފުވީ ޑައިރެކްޓަރު އަނޫރާގް ކޭޝަޕް 2012 ގައި ދެ ބަަޔަކަށް ގެނެސްދިން ކާމިޔާބު ފިލްމު 'ގޭންގްސް އޮފް ވަސޭޕޫރް' އިންނެވެ. ހުމާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ 'ސިންގަލް ސަލްމާ' އެވެ.
އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އިންޑިއާގެ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމި ކަމަށްވާ 'ޓޮކްސިކް' ހިމެނެ އެވެ.
ހޫމާ އަކީ އިންޓަނޭޝަނަލް ބައެއް ޕްރޮޖެކްޓްތަކުގައި ވެސް މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ. އޭގެ ތެރޭގައި 2017 ގެ 'ވައިސްރޯއިސް' ހައުސް އާއި 2021 ގެ 'އާމީ އޮފް ދަ ޑެޑް' ހިމެނެ އެވެ.
ހޫމާ އަކީ މާ މަޝްހޫރު ނޫން އެކްޓަރެއް ކަމަށްވާ ސާގިބް ސަލީމް، 39، ގެ އެއްބަނޑު އެއްބަފާ ދައްތަ އެވެ.