Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ސްކައުޓްގެ ޗީފް ކޮމިޝަނަރަކަށް ރިފާއު

ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗީފް ކޮމިޝަނަރަކަށް އިސްމާއިލް ރިފާއު ހަމަޖައްސައިފި އެވެ.

އެ މަގާމަށް އޭނާ ހަމަޖެއްސީ މަގާމުގައި ކުރިން ހުންނެވި މުޙައްމަދު ސަހީރު އިސްތިއުފާ ދެއްވުމާ ގުޅިގެން މަގާމަށް ކުރިމަތިލައްވައިގެންނެވެ.

ރިފާއު މީގެ ކުރިން ސްކައުޓް އެސޯސިއޭޝަންގެ ނާއިބު ރައީސްކަމާއި ޑެޕިއުޓީ ޗީފް ކޮމިޝަނަރުކަން ވެސް ކުރެއްވި އެވެ. އަދި
ސްކައުޓް އެސޯސިއޭޝަންގެ ކައުންސިލުގެ ވެސް މުހިންމު މަގާމުތަކެއް ފުރުއްވި އެވެ.

ސްކައުޓް އެސޯސިއޭޝަނަކީ ރާއްޖޭގައި ހިލޭ ސާބަހަށް، ދެމެހެއްޓެނެވި ގޮތެއްގައި މަސައްކަތް ކުރާ އެންމެ ގިނަ ދުވަސްވީ ހަރަކާތެވެ.

ދުނިޔޭގެ ފެންވަރުގައި މުހިންމު ޚިދުކަތްތަކެއް ކުރަމުން އަންނަ އެ ހަރަކާތަށް މި އަހަރު 70 އަހަރު ފުރޭނެ އެވެ.