ގައުމީ ޔުނިވަސިޓީގެ މި އަހަރުގެ ޖޮބް ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.
އެހެންވެ މީގައި ބައިވެރިވާން ޝައުގުވެރިވާ ވަޒީފާ ދޭ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު މިހާރު އޮތީ މި މަހުގެ 14 ވަނަ ދުވަހު ގެރޭ 11:00 އާ ހަމައަށް ހުޅުވާލައިފަ ވެ.
ޖޮބް ފެސްޓިވަލް) ބާއްވަން ހަމަޖެހިފައި އޮތީ އަންނަ މަހުގެ 3-5 އަށެވެ.
ކުރީ އަހަރުތަަކާ އެއްގޮތަށް މި އަހަރު ވެސް ޖޮބް ފެސްޓިވަލް އެމްއެންޔޫގެ އަތޮޅު ކެމްޕަސްތަކުގައި ވެސް ކުރިއަށް ގެންދާނެ އެވެ.
މީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި އެކި ކަންކޮޅުތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ތަފާތު އެކި ކަހަލަ އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖުރިބާ ލިބޭނެ ފަދަ ފުރުޞަތުތައް އާންމުންނަށް ދައްކައި ފުރުސަތުތައް ފަހިކޮށް ދިނުމެވެ.
މިދިޔަ އަހަރުގެ ޖޮބް ފެސްޓިވަލްގައި ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތައް ހިމެނޭ ގޮތަށް 49 ފަރާތަކުން ބައިވެރިވި އެވެ.