އެމްޑީޕީގެ ޗެއާސަޕާން އިންތިހާބަށް އެ ޕާޓީން ނެރުނު ޓައިމްލައިން ބާތިލު ކުރުމަށް ސިވިލް ކޯޓަށް މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރެވެ.
އެކަމާ ގުޅޭ ގޮތުން ޝާއިރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަންނަ މަހުގެ 12 ގައި ބާއްވަން ނިންމި އެ އިންތިހާބުގެ ޓައިމްލައިންގައިވާ ނިންމުމަކީ ޕާޓީގެ އަސާސީ ގަވައިދުގެ 46 ވަނަ މާއްދާއާ ހިލާފު ނިންމުމެއް ކަމަށެވެ. އެހެންވެ އޭގެ ސަބަބުން އިންތިހާބުގައި ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ހަރަކާތަަށް ހުރަސް އެޅޭ ކަމަށް ބުނެފައިވެ އެވެ.
ޝާއިރުގެ ބަޔާނުގައި ބުނީ އެމްޑީޕީގެ އަސާސީ ގަވައިދުގެ 46 ވަނަ މާއްދާގައިވާ ގޮތުން، "ޗެއާޕާސަންގެ އިންހާބުގެ ކަންތައްތައް ހިންގާނީ އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހުގެ ރައީސް ކަމަށެވެ. ނަމަވެސް އިސްތިއުނާފް ފާނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހްމަދު އަބްދުﷲ އަފީފް ވިދާޅުވާ ގޮތުން، ޗެއާޕާސަން އިންތިހާބަށް އިއުލާންކޮށްފައި ވަނީ އޭނާއަށް އެންގުމެއް ނެތި ކަމަށް ބުނެފައިވެ އެވެ.
އެހެންވެ، އެ އިއުލާނަކީ ބާތިލް އިއުލާނެއް ކަމަށް ކަނޑައަޅައިދޭން ޝާއިރާއި އަފީފްގެ ފަރާތުން އެދިފައިވެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވަނީ ނަޝީދާއި އިބްރާހިމް މުހައްމަދު، (ވާޑު) އާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކޮޅު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ.