Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

މޯލްޑިވިއަންގެ ފްލައިޓްތަކުގައި ބަނގުރަލެއް ނުދޭނެ

ގައުމީ އެއާލައިންގެ ފްލައިޓްތަކުގައި ދަތުރުކުރާ މީހުުންނަށް ބަނގުރަލުގެ ހިދުމަތް ދޭން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް އެ އެއާލައިބުން ބުންޏެވެ.

މޯލްޑިވިއަނުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނީ ފްލައިޓްތަކުގައި ޕެސެންޖަރުންނަށް އަލްކޮހޮލް ސާވިސް ދޭން ފަށަން ރާވާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ މައުލޫމާތަކީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމަށެވެ.

އެހެންވެ ސައްކަން ކަށަވަރު ނުކުރެވޭ އަދި އެފަދަ މައުލޫމާތުތައް ހިއްސާ ނުކުރުމަށް ހުރިހާ ފަރާތްތަކަކަށް އިލްތިމާސް ކުރާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

އަައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން އޮޕަރޭޓްކުރާ މޯލްޑިވިއަން އަކީ ރާއްޖޭގައި އެތެރޭގެ އުދުހުންތައް އެންމެ ފުޅާކޮށް ދިނުމުގެ އިތުރަށް ބޭރުގެ ބައެއް ގައުމުތަކަށް ވެސް ދަތުރު ކުރަމުން އަންނަ އެއާލައިނެކެވެ. އޭގެ ތެރޭގައި އިންޑިއާ، ބަންގްލަދޭޝް އަދި ޗައިނާ ހިމެނެ އެވެ.