Last Updated: June 19, 05:04
Friday, June 19, 2026
ޚަބަރު

އެންސްޕާގެ އާ ސީއޯއަކަށް ޝިރްނާ

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯއަކަށް އާމިނަތު ޝިރްނާ އައްޔަންކޮށްފި އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ޝިރްނާ އެންސްޕާގެ ސީއީއޯގެ މަގާމަށް ހަމަޖެއްސުމާ ގުޅިގެން މިނިސްޓްރީން އޭނަ އަށް މަރުހަބާ ކިޔައި ކާމިޔާބީ އަށް ވެސް އެދިފައިވެ އެވެ.

އެންސްޕާގެ ސީއީއޯއަކަށް އެންމެ ފަހުން ހުންނެވި މިހާރު ހެރިޓޭޖް މިނިސްޓަރަކަށް ހުންނެވި ހީނާ ވަލީދެވެ. އޭނަ އެ މަގާމަށް އައްޔަންކުރީ ނޮވެމްބަރު 29، 2023 ގަ އެވެ. އަދި ހެރިޓޭޖް މިނިސްޓަރަކަށް ހީނާ ބަދަލުކުރީ މިދިޔަ މަހުގެ 14 ގަ އެވެ.