Last Updated: June 22, 16:46
Monday, June 22, 2026
ޚަބަރު

ދިފާއީ ގުޅުން ބަދަހިކުރަން އިންޑިއާއާއެކު މަޝްވަރާކޮށްފި

ދިފާއީ ގުޅުންތައް ބަދަހިކުރަން އިންޑިއާއާއެކު މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދުގެ އަރިހަށް ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ.ބާލަސުބްރަމާނިއަން ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގަ އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި ދިފާއީ ގޮތުން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ވަނީ ރާއްޖޭގެ ދިފާއީ ދާއިރާ ހަރުދަނާކުރުމަށް އިންޑިއާއިން ފޯރުކޮށްދެމުންދާ އެހީތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.