Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

މިލަންދޫ އެއާޕޯޓް އަޅަން ބިން ހިއްކައި ނިންމައިފި

ށ. މިލަންދޫ އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި އެވެ.

އެ މަޝްރޫއުގެ ނިންމައިލިލަން މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ހިއްސާ ކުރައްވައޮ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ 3 ގައި ފެށި މަޝްރޫއު އިއްޔެ ނިމިފައިވާ ކަމަށެވެ.

މިލަންދޫގައި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 21 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ. ރައީސް ވިދާޅުވީ މި މަޝްރޫއަށް ރަށުން 4.9 ހެކްޓަރުގެ ސަރަހައްދަކުން ގަސް ނެގި ކަމަށާއި މަޝްރޫއުގެ ޖުމްލަ ޕްރޮޖެކްޓް ސަރަހައްދަކީ 25.90 ހެކްޓަރު ކަމަށެވެ.

މިލަންދޫ ބިން ހިއްކުމުގެ މަޝްރޫއަށް ޖުމްލަ 1134534 ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްފައިވާ އިރު ބިން ހިއްކުމަށް ބޭނުންކުރީ ކްއީން އޮފް ދަ ނެދަލޭންޑްސް ޑްރެޖަރެވެ. އެއީ 35000 ކިއުބިކް މީޓަރު ޑްރެޖަރެކެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް) އިިންނެވެ.

މިލަންދު އަކީ 2،700 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

އެ ރަށުގެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާތާ ދެ އަހަރާ ބައިގެ ތެރޭގައި ނިންމާ ގޮތަށް އެމްއޭސީއެލާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ގަ އެވެ.