އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ތަރުޖަމާނަކަށް ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި އެ ދާއިރާގެ އެމްޑީޕީގެ ރައީސް އަބްދުﷲ ވަހީދު ހަމަޖައްސައިފި އެވެ.
ނަޝީދު ވަނީ މިކަމް ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރައްވައިފަ އެވެ.
ވަހީދަކީ މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެމްޕޭން ތަރުޖަމާނު ވެސް މެ އެވެ.
އަންނަ މަހުގެ 12 ގައި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ބާއްވަން ތާވަލުކޮށްފައިވާ އިރު، ނަޝީދު ގެންދަވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރު ކުރައްވައި ވަރަށް ފޯރީގައި ކެމްޕޭން ކުރައްވަމުންނެވެ.
ޗެއާޕާސަން އިންތިހާބުގައި ތިިން ކެންޑިޑޭޓަކު ވާދަކުރައްވަ އެވެ. އެއީ ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކޮޅު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި އިބްރާހިމް މުހައްމަދު، (ވާޑު) އެވެ.
މި އިންތިހާބުގެ އެންމެ ވާދަވެރިކަން ބޮޑީ ނަޝީދާއި މީކާއީލްގެ މެދުގަ އެވެ.