ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕާޓީ، ޕީއެންއެފުން ިންގަމުން އަންނަ ސިޔާސީ ޕާޓީގެ ގާނޫނާ ތަކުރާރުކޮށް ޚިލާފުވަމުންދާ ކަމަށް ބުނެ، އެ ޕާޓީގެ މަގުމަތީ ހަރަކާތްތައް ހުއްޓުވައި، އެ ޕާޓީއަށް ފިޔަވަޅު އަޅަން ގޮވައިލައި ގަރާރެއް ވެރިކަން ކުރާ ޕާޓީ ޕީއެންސީން ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެ ވެ.
އެ ގަރާރު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު (ސަޓޯ) އެވެ. އޭގައި ވަނީ، ގާނޫނުއަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް، ފިކުރުކުރުމާއި ޚިޔާލު ފާޅުކުރުމާއި ސިޔާސީ ޕާޓީ އުފައްދައި ހަރަކާތްތެރިވުމުގެ ހައްގު ދީފައިވާ އިރު، އެ ހައްގުތައް ބޭނުން ކުރަން ޖެހޭނީ އިސްލާ މްދީނުގެ ރިވެތި އުސޫލުތަކާ އެއްގޮތަށް، އެހެން މީހުންގެ އަބުރަށް އިހުތިރާމުކޮށް، ގައުމީ މަސްލަހަތު އިސްކޮށްގެން ކަމަށެވެ.
ނަމަވެސް "ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާއާ ޚިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގައި، މަސްލަހަތު ނަގާލައި" ގާނޫނުގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި ހަމަތަކާ ޚިލާފަށް ހިންގަމުންދާ "ހަރަކާތްތަކުގެ" ސަބަބުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިވާކަމަށް އެ ގަރާރުގައިވެއެވެ. އަދި އެ ކަންކަން ހުއްޓުވައި ޕާޓީތަކަށް ފިޔަވަޅު އެޅުމަށް ވަނީ، ގަރާރުގައި ގޮވައިލައްވާފައިވެ ފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީއާ ދެކޮޅަށް ޕީއެންސީން މަޖިލީހަށް ގަރާރެއް ހުށަހެޅި އިރު، އިލެކްޝަން ކޮމިޝަނުން ވެސް ވަނީ އެ ޕާޓީގެ އެއްވުންތަކުގައި ގާނޫނާ ހިލާފު ކަންކަން ކުރަމުންދާ ކަމަށް ބުނެ، އެކަން ތަކުރާރު ކުރާ ނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފަ އެވެ.