Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ޖިންސީ ފުރައްސާރައަކާ ގުޅިގެން މީހަކު ހޯދަނީ

ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އާންމުންގެ އެހީ އަށް ފުލުހުން އެދިއްޖެ އެވެ.

އެ މީހާ ފެންނަ ސީސީޓީވީ ފުޓޭޖެއް އާންމުކޮށް ފުލުހުން ބުނީ އެ ވީޑިއޯގައި ފެންނަ މީހާ އަކީ ތަހުގީގަށް ހޯދަން ބޭނުންވެ ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ މީހެއް ކަމަށެވެ.

އެހެންވެ އެ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ހޭންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.