Last Updated: June 19, 06:09
Friday, June 19, 2026
ޚަބަރު

"ނޯ ޓޮބޭކޯ ޑޭ އެވޯޑް" އަށް މުއްދަތު އިތުރުކޮށްފި

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދިނުމަށް ހަމަޖެހިފައިވާ "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" އަށް ކުރިމަތިލާން ދިން މުއްދަތު އިތުރުކޮށްފި އެވެ.

އެ އެވޯޑަށް ކުރިމަތިލާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ކުރިން ދިން ސުންގަޑިއަކީ މި މަހުގެ 3 އެވެ. ނަމަވެސް، ސުންގަޑި މިހާރު ވަނީ މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު ފަހު 14:00 އާ ހަމައަސް އިތުރުކޮށްފަ އެވެ.

އެޗްޕީއޭ އިން ބުނީ މުއްދަތު އިތުރުކުރީ ވީހާ ވެސް ގިނަ ފަރާތްތަކަށް ފުރުޞަތު ދިނުމަށް ކަމަށެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު 3024500 އިން ލިބޭނެ އެވެ.

"ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" ދެނީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، އެ މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަގްސަދުގަ އެވެ.

ކޮންމެ އަހަރެއްގެ މެއި 31 އަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.