Last Updated: June 23, 10:04
Tuesday, June 23, 2026
ޚަބަރު

ލަންކާގައި ދިވެހި އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި

އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތާއި ދިވެހި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ސްރީލަންކާގައި ރަސްމީކޮށް ފަށައިފި އެވެ.

މި ހިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ވަނީ ދިވެހި ޕާސްޕޯޓާއި އައިޑީކާޑް ދޫކުރުމުގެ ހިދުމަތް ރަސްމީކޮށް ފައްޓަވާދެއްވުމަށްފަހު ފުރުތަމަ ޕާސްޕޯޓް ލަންކާގައި އުޅޭ ދިވެހި ރައްޔިތަކާ ހަވާލުކޮށް ދެއްވައިފަ އެވެ.

މިއީ ރާއްޖެއިން ބޭރުން އައިޑީ ކާޑާއި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ލިބޭ ދެވަނަ ގައުމެވެ. ރާއްޖޭއިން ބޭރުގައި އައިޑީ ކާޑުގެ ހިދުމަތް ދޭން ފެށި ފުރަތަމަ ގައުމަކީ މެލޭޝިއާ އެވެ.