އައްޑޫ މަރަދޫގައި ޑެންގީ ހުމުގެ ކޭސްތައް އިތުރުވާތީ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ފަަށައިފި އެވެ.
މިކަމާ ގުޅޭ ގޮތުން މަރަދޫ އަވަށު އޮފީހާއި އެ އަވަށުގެ ސިއްހީ މަރުކަޒު ގުޅިގެން މިއަދު ވަނީ ބައްދަލުވުމެއް ބާއްވައި މަޝްވަރާތައްކެއްކޮށްފަ އެވެ. އެގޮތުން ޑެންގީ އިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅިގެން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގައި އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކޮށްފައިވެ އެވެ.
އެ ބައްދަލުވުމުގައި ވަނީ އެފަދަ ސަރަހައްދުތަކުގައި ފެން ހަރުލާފައި ހުންނަ ފަދަ ތަންތަން ސާފުކުރުމަށް މަޝްވަރާކޮށްފަ އެވެ.
މުޅި ރާއްޖޭގައި ވެސް މި ފަހަކަށް އައިސް ޑެންގީ ހުމުގެ ކޭސްތައް އިތުރުވެފައިވާ އިރު، ދާދި ފަހުން އައްޑޫ ފޭދޫގައި ވެސް ކޭސްތައް އިތުރުވުމާ ގުޅިގެން މަދިރި އުފެދޭ ގޮތަށް ހުރ ތަންތަން ނައްތާލައި ފިޔަވަޅުތެއް ފޭދޫ ސިއްހީ މަރުކަޒާއި އަވަށު އޮފީސް ގުޅިގެން ކޮށްފައިވެ އެވެ،
ޑެންގީ އަކީ މަދިރީގެ ޒަރީރާ އިން ޖެހޭ ބައްޔެކެވެ. އަދި މި ފުރާނަ އަށް ނުރައްކާވާ ވެސް ބައްޔެކެވެ.
މިދިޔަ މަހުގެ ތެރޭގައި ޑެންގީ ޖެހިގެން ދެ ރަށަކުން ދެ މީހަކު ވެސް މަރުވެފައިވެ އެވެ. އެއީ އެއީ ށ. މިލަންދު އަށް ނިސްބަތްވާ 23 އަހަރުގެ ފިރިހެނަކާއި މ. މުއްޔަށް ނިސްބަތްވާ 17 އަހަރުގެ އަންހެން ކުއްޖެކެވެ.