Last Updated: May 16, 20:52
Thursday, May 16, 2024
ޚަބަރު

ބޮޑެތި ފުށުއެރުންތަކާއި ދޮގުތަކަކަށް ބެލުމެއްނެތި ހައި ކޯޓުން ކާނަލް ނާޒިމްގެ މައްޗަށް އިއްވި ހުކުމަށް ތާޢީދުކޮށްފި

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަށް ތާޢީދު ކުރުމަށް ހައި ކޯޓުން ނިންމައިފިއެވެ.

ނާޒިމްގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމަށް ހައި ކޯޓުން ތާޢީދުކޮށްފައި ވާއިރު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީޢަތުގައި އާއި އަދި ހައި ކޯޓުގައި ދާދިފަހުން ހެކިބަސް ދިން ސްވަޓް ފުލުހުން ދޮގު ހަދާފައިވާކަން ފަޅާއަރާފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ޖިނާއީ މައްސަލައެއްގައި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާންޖެހޭއިރު ނާޒިމްގެ މައްޗަށް ޕްރޮސިކިއުޓާރ ޖެނެރަލް ކުރެއްވި ދަޢުވާގައި ޝައްކުތައް ބޮޑުކަން ޝަރީޢަތްތަކަށް ހާޒިރުވި ގިނަ ނޫސްވެރިން ވެސް ވަނީ ފާހަގަކޮށްފައެވެ.

ނާޒިމްގެ އިސްތިއުނާފު މައްސަލަ ބަލައި ނިންމުމަށް މިއަދު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށްފައި ވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުރައޫފް އިބްރާހިމް އާއި ފަނޑިޔާރު އަލީ ސަމީރު އާއި ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ.

ކާނަލް ނާޒިމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގެ އަޑުއެހުން ނިންމާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ތަފްސީލް އަންނަނީ….