Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ޕޮލިސް ކާރަކާއި ސައިކަލެއް އެކްސިޑެންޓްވެއްޖެ

ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓް - ފޮޓޯ: ނަޒީމް ނައުޝާދު

ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.

ފުލުހުން ބުނީ މިރޭ މާލެ، ބޮޑުތަކުރުފާނު މަގު، ޓޯ ޔާޑު ކައިރީ ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި، ސައިކަލު ދުއްވަން އިން މީހާއަށް ލިބުނު އަނިޔާތަކަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާމުންދާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.