Last Updated: May 17, 00:08
Thursday, May 16, 2024
ޚަބަރު

މަހުލޫފު ގޭ ބަންދުން ދޫކުރުމަށް ބައިނަލް އަޤްވާމީ ޖަމްއިއްޔާ އަކުން ގޮވާލައިފި

ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ގޭބަންދުން ދޫކުރުމަށް ޕާލިމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަންސް، ޕީޖީއޭ އިން ގޮވާލައިފިއެވެ.

ޕީޖީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިސްކިތެއްގެ ތެރޭގައި އިންދާ މަހުލޫފު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، މަހުލޫފަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވާއިރު، އޭނާގެ ހައްޤުތަކާއިމެދު ސަމާލުވާން ޖެހޭކަމަށެވެ.

މީގެ އިތުރުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލް އަގުވާމީ މުއާހަދާތަކުގެ ދަށުން ކަށަވަރުކޮށްދޭން ޖެހޭ ހައްގެއް ކަމަށް ޕީޖީއޭގެ ބަޔަނުގައި ބުނެފައިވެއެވެ.

ހުކުރުދުވަހު އެމްޑީޕީއިން ބޭއްވި އެއްވުމަށްފަހު މަހުލޫފް މިސްކިތެއްގެ ތެރެއިން ހައްޔަރުކޮށްފައިވާއިރު، އޭނާގެ މައްޗަށް ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން ކުރަމުން ގެންދިޔަ ނަމަވެސް މަހުލޫފް ބުނެފައި ވަނީ އޭނާ ފުލުހަކަށް ހަމަލާ ދީފައި ނުވާނެ ކަމަށެވެ.

އަދި އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމްޑީޕީ އިން ކުރިއަށް ގެންދިޔަ އެއްވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފަށް ހަމަލާދިނީ ފުލުހުން ކަމަށް އެމްޑީޕީ