Last Updated: June 23, 10:51
Tuesday, June 23, 2026
ޚަބަރު

ދޭ ހިދުމަތުގެ ފެންވަރު މަތިކުރަން މަޝްވަރާކޮށްފި

ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ފުލުހުންނާއި ސިވިސް ސާވިސް ކޮމިޝަނުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާކުރެއްވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖުތާޒު، ކޮމިޝަނާ އޮފް ޕޮލިސް އަޙުމަދު މުޙައްމަދުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގަ އެވެ.

މި ޒިޔާރަތުގައި ވަނީ ދެ މުއައްސަސާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި، މުއައްސަސާތައް ތަރައްގީކުރުމަށާއި ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.