Last Updated: May 16, 14:10
Thursday, May 16, 2024
ޚަބަރު

މަރަދޫގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވަނީ

ހިތަދޫގައި ހުންނަ އެސްޓީއޯގެ ފާމަސީ. ފޮޓޯ: ޒަހީން

އައްޑޫ ސިޓީ މަރަދޫގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވުމަށް ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

އެސްޓީއޯގެ އައްޑޫ އޮފީހުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފާމަސީ ހުޅުވަން ހިންގާ މަޝްރޫއުގެ ދަށުން މަރަދޫގައި ވަރަށް އަވަހަށް ސިއްހީ މަރުކަޒުގައި ފާމަސީ ހުޅުވައި ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

" މިހާރު އިމާރާތުގެ ހުރިހާ މަސައްކަތެއް ނިމިފައި މިވަނީ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުޅުވާނަން އިރާދަކުރެއްވިއްޔާ."

މައުލޫމާތު ލިބިފައިވާ ގޮތުގައި އެސްޓީއޯ އިން މަަރަދޫގައި ހުުޅުވާ ފާމަސީ ގާއިމު ކުރަނީ ސިއްހީ މަރުކަޒު ކުރިން ހިންގި އިމާރާތުގެ ބައެއްގައެެވެ.

އައްޑޫ ސިޓީގެ 3 ރަށެއްގައި މިހާރު ވެސް އެސްޓީއޯގެ ބޭސްފިހާރަތައް ހިންގައެވެ.