Last Updated: June 22, 13:14
Monday, June 22, 2026
ޚަބަރު

އޮރިޔާން ކާޑު ހެދި އަންހެނަކު 6 އަހަރަށް ޖަލަށް

އޮރިޔާން ކާޑު ހަދައި، ބްލެކްމެއިލްކުރި މައްސަލައެއްގައި އަންހެނެއްގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެ ހަ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ ހުކުމް އިއްވާފައި ވަނީ މާލެ، ގ. ސައުތުބްރީޒް، މަރްޔަމް ރިޔާސާގެ މައްޗަށެވެ.

އޭނަގެ މައްޗަށް ދައުލަތުން އުފުލި ބްލެކްމެއިލް ކުރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދައުވާއަށް ރިޔާސާ ވަނީ ޝަރީއަތުގައި އިއުތިރާފު ވެސް ވެފަ އެވެ.

އޭނަގެ މައްޗަށް ކޮށްފައި ވަނީ ކޮންމެ ދައުވާއަކަށް ތިން އަހަރުގެ ޖަލު ހުކުމެކެވެ.