Last Updated: May 17, 00:08
Thursday, May 16, 2024
ޚަބަރު

'މަވެސް އުރީދޫ' ކެމްޕެއިންގެ ދަށުން ހިލޭ ވައިބާ ބޭނުން ކުރުމުގެ ފުރުސަތު!

މަވެސް އުރީދޫ ކެމްޕެއިންގެ ދަށުން، މުޅިން ހިލޭ ވައިބަރ ބޭނުންކުރެވޭ ވަރަށް ޙާއްސަ އޮފަރ އެއް، މުވާސަލާތީ ކުންފުނި އުރީދޫ މޯލްޑިވްސް އިން މިއަދު ތައާރަފް ކޮށްފިއެވެ.

އުރީދޫ އިން މިއަދު ތައާރަފް ކުރި މި ހާއްސަ ޕްރޮމޯޝަންގެ ދަށުން އުރީދޫ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކުރިއަށް އޮތް ތިންމަސް ތެރޭގައި ވައިބަ އެޕްލިކޭޝަން މެދުވެރިކޮށް ގާތްތިމާގެ ބޭފުޅުންނާއި އެކު ޗެޓްކޮށް، ސްޓިކަ ފޮނުވައި، ފޮޓޯ އަދި ވީޑިއޯ ހިލޭ ހިއްސާ ކުރެވޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މާޗް މަހުގެ ތެރޭގައި އުރީދޫ ނެޓްވޯކް އާއި އަލަށް ގުޅޭ ފަރާތްތަކާއި އުރީދޫ ޕްރީޕެއިޑް ނުވަތަ މިކްސް ޕެކޭޖުން ޕޯސްޓްޕެއިޑް ޕެކޭޖަކަށް އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ވެސް އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އުރީދޫގެ ފަރާތުން ދަނީ ސޯޝަލް މީޑިއާގައިވެސް ވަރަށް ހާއްސަ މުބާރާތެއް ކުރިޔަށް ގެންދަމުންނެވެ. އެގޮތުން “mavesooredoo#” ހޭޝްޓެގް އާއި އެކު ސެލްފީއަކާއި އުރީދޫ ހިޔާރު ކުރެއްވި ސަބަބު ބަޔާންކޮށް ފޭސްބުކް، ޓުވިޓާ ނުވަތަ އިންސްޓަގްރާމްގައި ޕޯސްޓް ކުރުމުން ސެމްސަންގްގެ އެންމެ ފަހުގެ ފޯން، “ގެލެކްސީ އެސް7” އެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އުރީދޫ އިން ހާމަކުރާގޮތުގައި އުރީދޫ އިން މިހާރު ކުރިއަށްގެންދާ މަވެސް އުރީދޫ ކެމްޕެއިން އަކީ ކަސްޓަމަރުންގެ ނަޒަރުން އުރީދޫ ބްރޭންޑް ރަމްޒުކޮށްދެނީ ކޮންކަންކަމެއް ކަމާއި، އުރީދޫ އިން ރައްޔިތުންގެ ހަޔާތަށް އިތުރު ފަސޭހަތަކާއި، ފުރިހަމަކަން ގެނެސްދެނީ ކޮން ގޮތްތަކަކުންކަން ހާމަކޮށްދޭ ކެމްޕެއިން އެކެވެ.