Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ގެއްލުނު އަންހެން ކުއްޖާ ފެނިއްޖެ

ހުޅުމާލެ އިން ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް ދޭކުން ގެއްލިގެން ހޯދަމުން ގޮސްފައިވަނީ ހމ. ފްލެޓްނަންބަރު 05-3-2/ މާލެ، ޢާއިޝަތު އަލްޔާ ޢަލީ ކަމަށެވެ.

އަލްޔާގެ ހާލު ރަނގަޅު ކަމަށް ބުނުން ފިޔަވައި "ގެއްލުނު" ސަބަބާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން މީޑިއާއާ ހިއްސާއެއް ނުކުރެ އެވެ.

އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ ކުއްޖާ މިހާރު ދިރިއުޅެނީ ހިޔާ ޓަވަރު 16 ގަ އެވެ.

އަލްޔާ ހޯދުމުގެ މަސައްކަތް ފެށީ އިއްޔެ ހަވީރު 4:15 ހާއިރު ގެއިން ދިޔަ ގޮތަށް ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް އެ ރޭ ދަންވަރު ރިޕޯޓުކުރުމާ ގުޅިގެންނެވެ.