Last Updated: June 16, 20:09
Tuesday, June 16, 2026
ޚަބަރު

ޑޭޓާ ޕްރޮޓެކްޝަން ބިލެއް ހުށަހަޅަނީ

ޒާތީ މައުލޫމާތު ރައްކާތެރި ކުރުމުގެ ގޮތުން ޑޭޓާ ޕްރޮޓެކްޝަން ބިލެއް މަޖިލީހުގެ ދައުރުގެ ތެރޭގައި ހުށަހަޅުއްވާނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނަ ވިދާޅުވީ އެ ބިލުގެ މަސައްކަތް ކުރަމުންދާދާތާ ވަރަށް ގިނަ ދުވަސްތަކެއްވެއްޖެ ކަމަށާއި އަދި، ކުރިއަށް އޮތް ދެ ތިން ދުވަހެއްގެ ތެރޭގައި ބިލު މަޖިލީހަށް ފޮނުވާނެ އެވެ.

"މިއީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ގޮތުން ހާމަކަން ބޮޑު، ޖަވާބުދާރީ ކުރުވަނިވި ގޮތެއްގައި އެ މައުލޫމާތު އެއްކުރުމާއި، ޕްރޮސެސްކުރުމާއި، ބޭނުންކުރުމުގެ ނިޒާމެއް ގާއިމުކޮށް، ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ހައްގުތަކާ މައުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅާ، އެ ފަރާތްތައް ރެގިއުލޭޓުކުރުމާ ބެހޭ އުސޫލުތައް ކަނޑައަޅާނެ ބިލެއް، ގާނޫނެއް." އުޝާމް ވިދާޅުވި އެވެ.