* މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ. ﴿إِنَّ اللَّهَ لَا يُحِبُّ الْمُعْتَدِينَ ﴾ (سورة البقرة 190) މާނައީ: "ހައްދު ފަހަނަޅައިދާ މީހުން ދެކެ اللَّه ލޯބިވެވޮޑިގެނެއްނުވެ އެވެ."
* މާތް ﷲ ވަޙީ ކުރައްވައިފައިވެ އެވެ. ﴿وَاللَّهُ لَا يُحِبُّ الْفَسَادَ﴾ (سورة البقرة 205) މާނައީ: " اللَّه، فساد ވެރިކަމަކަށް ލޯބިވެވޮޑިގެނެއް ނުވެ އެވެ."
* މާތް ﷲ ވަޙީ ކުރައްވައިފައިވެ އެވެ. ﴿ وَاللَّهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ﴾ (سورة البقرة 276) މާނައީ: "އަދި، ފާފަވެރި، ކޮންމެ كافر އަކު ދެކެ، اللَّه ލޯބިވެ ވޮޑިގެނެއް ނުވެއެވެ."
* މާތް ﷲ ވަޙީ ކުރައްވައިފައިވެ އެވެ. ﴿فَإِنَّ اللَّهَ لَا يُحِبُّ الْكَافِرِينَ﴾ (سورة آل عمران 32) މާނައީ: "ހަމަކަށަވަރުން، كافر ން ދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ."
* މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ. ﴿وَاللَّهُ لَا يُحِبُّ الظَّالِمِينَ﴾ (سورة آل عمران 57) މާނައީ: " އަނިޔާވެރިން ދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ."
* މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ. ﴿إِنَّ اللَّهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا﴾ (سورة النساء 36) މާނައީ: "ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާޔަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ."
* މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ. ﴿إِنَّ اللَّهَ لَا يُحِبُّ مَن كَانَ خَوَّانًا أَثِيمًا﴾ (سورة النساء 107) މާނައީ: "ހަމަކަށަވަރުން، ފާފަވެރިވެ خيانة ތެރިވާ މީހަކު ދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ."
* މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ. ﴿ وَاللَّهُ لَا يُحِبُّ الْمُفْسِدِينَ﴾ (سورة المائدة 64) މާނައީ: "ފަހެ، فساد ކުރާ މީހުން ދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ."
* މާތް ﷲ ވަޙީ ކުރައްވައިފައިވެ އެވެ. ﴿إِنَّ اللَّهَ لَا يُحِبُّ الْمُعْتَدِينَ﴾ (سورة المائدة 87) މާނައީ: "ހަމަކަށަވަރުން، ހައްދު ފަހަނަޅައިދާ މީހުން ދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ."
* މާތް ﷲ ވަޙީ ކުރައްވައިފައިވެ އެވެ. ﴿إِنَّ اللَّهَ لَا يُحِبُّ الْخَائِنِينَ﴾ (سورة الأنفال 58) މާނައީ: "ހަމަކަށަވަރުން، خيانة ތެރިންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ."
* މާތް ﷲ ވަޙީ ކުރައްވައިފައިވެ އެވެ. ﴿إِنَّ اللَّهَ لَا يُحِبُّ الْمُعْتَدِينَ﴾ (سورة الحج 38) މާނައީ: "ހަމަކަށަވަރުން، ހައްދު ފަހަނަޅައިދާ މީހުން ދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ."
* މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ. ﴿إِنَّ اللَّهَ لَا يُحِبُّ الْفَرِحِينَ﴾ (سورة القصص 76) މާނައީ: "ހަމަކަށަވަރުން، ބޮޑާވުމުގެ ގޮތުން އުފާކުރާ މީހުން ދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.""
* މާތް ﷲ ވަޙީ ކުރައްވައިފައިވެ އެވެ. ﴿إِنَّ اللَّهَ لَا يُحِبُّ الْمُفْسِدِينَ ﴾ (سورة القصص 77) މާނައީ: " ހަމަކަށަވަރުން، فساد ކުރާ މީހުންދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ."
* މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ. ﴿إِنَّ اللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ﴾ (سورة لقمان 18) މާނައީ: "ހަމަކަށަވަރުން، كبر ވެރިވެ، فخر ވެރިވާ އެއްވެސް މީހަކު ދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ."
ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.