'ރީސެޓް' ކިޔާ ސަވައިވަލް ތުރިލާއަކަށް ޕްރިޔަންކާ ޗޯޕްޅާ އާއި ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އޯލަންޑޯ ބްލޫމް ސޮއިކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ ފިލްމުގެ ޑައިރެކްޓަރަކީ މެޓް ސްމަކްލާ އެވެ. އޭނަ އަކީ 2022 ގެ ކޮމެޑީ ޑްރާމާ 'ވައިލްޑްފްލާވާ' ގެނެސްދިން ޑައިރެކްޓެވެ
ސްމަކްލާގެ 'ރީސެޓް' އަކީ ޖޯޑަން ރޯލިންސްގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ.
މީގައި ކިޔައި ދޭނީ ނޭނގުމެއްގެ ތެރޭގައި ކުރީގެ ހަޟާރަތެއްގެ ތެރެއަށް ރުޖޫއަވާ އަންހެނަކު، އޭނަ އަށް އެ ޒަމާނަށް ދެވުނު ގޮތާއި ހަނދާންތައް އެއްކޮށް ގޮސްފައިވާތީ އެކަމުން އޭނަ ސަލާމަތްކޮށް ދޭން ނުވެސް ދަންނަ މީހަކުވާ ގުރުބާނީތަކެއްގެ ސަބަބުން އެ ދެ މީހުންގެ މެދުގައި އުފެދޭ ގުޅުމުގެ ވާހަކަ އެވެ.
'ރީސެޓް' އަށް ނެގި ކާސްޓާ ބެހޭ ސްމަކްލާ ބުނީ ޕްރިޔަންކާ އާއި އޯލަންޑޯ އަށް ފިލްމުގެ ވާހަކަ އަށް ވަރަށް ހެޔޮވަރު ދެ ތަރިން ކަމަށާއި މިއިން އެ މީހުންގެ ކެމިސްޓްރީ ވެސް ވަރަށް ބޮޑަށް ދައްކުވައި ދޭނެ ކަމަށެވެ.
އިންޑިއާ އަށް ނިސްބަތްވާ ޕްރިޔަންކާ ހޮލީވުޑްގެ އާ ފިލްމަކަށް ސޮއިކުރި އިރު، އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ފެބްރުއަރީގައި އެމެޒޯން ޕްރައިމް ވީޑިއޯއެއް ގެނެސްދިން އެކްޝަން ތުރިލާ 'ދަ ބްލަފް އެވެ. އަދި އޭނަގެ އެންމެ ފަހުގެ މަސައްކަތަކީ އެމެޒޯން ޕްރައިމުން އިއްޔެ ޕްރީމިއާކުރި 2023 ސީރީޒް 'ސިޓަޑެލް' ގެ ދެވަނަ ސީޒަނެވެ.
'ލޯޑް އޮފް ދަ ރިންގްސް' އާއި 'ޕައިރޭޓްސް އޮފް ދަ ކެރީބިއަން' ގެ ފިލްމުތަކުގެ އިތުރުން ވެސް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އޯލަންޑޯގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އެކްޝަން ކޮމެޑީ 'ޑީޕް ކަވާ' އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި 'ވިޒާޑް' އާއި 'ބަކިން ފާސްޓަޑް' ހިމެނެ އެވެ.