ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ޗައިނާ އަށް ކުރެއްވި ދަތުރުގައި އެ ސިޓީގެ ޔުޓިލިޓީ ހިދުމަތްތައް ޒަމާނާ އެއްގޮތަށް ބައްޓަން ކުރުމާ ގުޅޭ ގޮތުން އެ ގައުމުގެ ކުންފުންޏަކާ އެކު މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާކޮށްފައި ވަނީ މޭޔަރާއި ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އާދަމް ޖީނެޓްސް ސަމިޓްގައި ބައިވެރިވަޑައިގަތުމަށް ޖަޕާނަށް ކުރެއްވި ދަތުރުގަ އެވެ.
އެ ދަތުރުގައު ޖަޕާންގެ ކަނެޑީވިއާ ކުންފުންޏާ ބައްދަލުކޮށް ކުޅުދުއްފުށީގެ ޔޫޓިލިޓީ ހިދުމަތްތައް ކަމަށްވާ ފެނާއި ކަރަންޓް އަދި ކުނި މެނޭޖްކުރުމުގެ ހިދުމަތްތައް ޒަމަނާ އެއްގޮތަށް ބަދަލުކޮށް، ހިދުމަތްތަކުގެ އަގުހެޔޮކޮށް މިހާރަަށް ވުރެ އެފިޝަންޓް ކުރުމަށް ހުރި ފުރުސަތުތަކާއި، ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ އެ ދާއިރާތަކުން ބައިނަލްއަގްވާމީ ތަޖުރިބާ ހުރި ކަނެޑީވިއާ ކުންފުންޏާ އެކު މަސައްކަތް ކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާތައް ކުރެވުނު ކަމަށެވެ.
ކުޅުދުއްފުށީގެ ޔޫޓިލިޓީ ހިދުމަތްތައް ރަނގަޅު ކުރުމަކީ މި އަހަރަށް އެކުލަވައިލާ ތަރައްގީގެ ޕްލޭންގައި ވެސް ވަރަށް ބޮޑު އިސްކަމެއް ދޭން ހަމަޖެހިފައިވާ ކަމެކެވެ.