މާލެ ސަރަހައްދުގައި މިހާރު ސަރުކާރުން ދެމުން އަންނަ ޓެކްސޫ ލައިންގެ ހިދުމަތަށް އާންމުންގެ ފަރާތުން އޮތް ތަރުހީބު ވަރަށް ބޮޑު ކަމަށް ވިޔަފާރި އާއި ދަތުރުފަތުރާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ޓެކްސީގެ ހިދުމަތް މާލެ ސަރަހައްދަށް ދޭން ފެށީ މިދިޔަ މަހުގެ 2 ގަ އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ޓެކްސީ ލައިންގެ ހިދުމަތް ތައާރަފު ކުރުމަކީ ވިޔަފާރިއެއްގެ ތެރެއަށް ސަަރުކާރުން ވަނުން ނޫން ކަމަށެވެ. އަދި އެ ހިދުމަތް ތައާރަފުކުރުމުގެ މަގުސަދަކީ އަސާސީ ހިދުމަތެއް ރައްޔިތުން ބޭނުންވާ ފެންވަރަށް ގެނައުން ކަމަށް ވިދާޅުވި އެވެ.
"މި ހިދުމަތް ރައްޔިތުން ބޭނުންކުރާ މިންވަރު އަންނަނީ އިތުރުވަމުން. އަދި އެމްޓީސީސީީން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ވެސް އަންނަނީ ރަނގަޅުވަމުން. މި ހިދުމަތުގައި އީވީ ވެހިކަލްތައް ބޭނުން ކުރެވޭ. އެެވެސް ޓެކްސީ ނިޒާމަށް ގެނެވުނު ބަދަލެއް، މިނިސްޓަރު ވިދާޅުވި އެވެ. ދެން މިއާ އެއްކޮށް ޑްރައިވަރުންގެ އެސޯސިއޭޝަނާ އެއްކޮށް އެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތަކަށް އެޑްރެސް ކުރަން."
އޭނަ ވިދާޅުވީ ޓެކްސީ ލައިންގެ ހިދުމަތުގައި އިތުރަށް ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅު ކުރަމުން އަންނާނެ ކަމަށެވެ. އަދި އެ ހިދުމަތަށް ހާއްސަކުރާ މޮބައިލް އެޕް ވެސް ވަަރަށް އަވަހަށް ރަސްމީކޮށް ލޯންޗް ކުރެވޭނެ ކަމަށެވެ.