Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ޤައިދީންގެ މަޢުލޫމާތު ކަށަވަރު ކުރަން އެއްބަސްވުމެއް

ޤައިދީންގެ މަޢުލޫމާތުތަކުގެ ސައްޙަކަން ކަށަވަރު ކުރުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އާއި ކަރެކްޝަންސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހޯމް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ޢާލީ އެވެ. ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ.

މި އެއްބަސްވުމުގެ ދަށުން ޑީއެންއާރުގެ އޭޕީއައި މައިއެމްސީއެސް ޕޯރޓަލް އާ މޯލްޑިވްސް ކަރެކްޝަންގެ ގައިދީންގެ މައުލޫމާތުތައް އިންޓެގްރޭޓް ކުރުމަށް ހަމަޖެހިފައިވެ އެވެ.

ޑީއެންއާރު އިން ބުނީ، މި އެއްބަސްވުމުގެ އެންމެ މުހިއްމު މަގްޞަދަކީ ކަރެކްޝަންގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި، ބަންދު މީހުންގެ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކޮށް، އެ މަރުހަލާ މިހާރަށް ވުރެ ފަސޭހަ އަދި އަވަސް ނިޒާމެއް ގާއިމްކޮށް ދިނުން ކަމަށެވެ. މީގެ އިތުރުން ގައިދީންގެ އާއިލާތަކުގެ މައުލޫމާތު ވެސް ފަސޭހަކާމާއެކު ބަލައިލެވޭނެ ހަރުދަނާ އުސޫލެއް ގާއިމް ކުރުން މީގެ ދަށުން ކުރެވޭނެ އެވެ.

އެއްބަސްވުމުގެ ދަށުން، ޤައިދީންނަށް ޒިޔާރަތްކުރާ މީހުންނަކީ ކޮން ބައެއްކަން ދެނެގަނެ، އެއީ އާއިލާގެ މެންބަރުންކަން ކަށަވަރުކުރުމަށް ވަރަށް ބޮޑަށް ލުއި ފަސޭހަވެގެން ދާނެ އެވެ. ޑީއެންއާރު އިން ބުނި ގޮތުގައި ޤައިދީންނާއި ބަންދުގައި ތިބޭ މީހުންގެ އެންމެ ފަހުގެ އަދާހަމަ، ސައްޙަކަމާއެކު ބެލެހެއްޓުމަށް ވެސް އެއްބަސްވުމުގެ ސަބަބުން މަގުފަހި ވާނެ ކަމަށެވެ.