Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ޑީޖޭއޭގެ 2 ވެރިޔަކު ސަސްޕެންޑްކޮށްފި

ޑީޖޭއޭ އިން ސަސްޕެންޑްކުރި އަހުމަދާއި ޒަކަރިއްޔާ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އިސް ދެ ވެރިޔަކު ސަސްޕެންޑްކޮށްފި އެވެ.

ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސަސްޕެންޑްކުރީ ޑީޖޭއޭގެ ޑިރެކްޓ ޖެނެރަލުންގެ މަގާމުގައި ތިއްބެވި އަހުމަދު އަލީ އާއި ޒަކަރިއްޔާ ހުސެއިނެވެ. މީގެ ތެރެއިން އަހުމަދަކީ ޖުޑިޝަލް އެކަޑަމީގެ ޑިރެކްޓާ ޖެނެރަލެވެ. އޭނަ އަކީ ކުރީގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އެވެ. އަދި އަހުމަދަކީ ކުރިން އިލެކްޝަން ކޮމިޝަންގެ މެންބަރުކަމާއި ޕްރިންސިޕަލެއްގެ މަގާމު ވެސް އަދާކުރެއްވި ބޭފުޅެކެވެ.

ޒަކަރިއްޔާއަކީ ޑީޖޭއޭގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީހުގެ ޑިރެކްޓަ ޖެނެރަލެޗެ. އޭނަ ކުރިން ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

އަހުމަދާއި ޒަކަރިއްޔާ ސަސްޕެންޑްކުރި އިރު، ޑީޖޭއޭގެ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓާ އަމުޖަދު މުސްތަފާ ވަނީ މިދިޔަ މަހުގެ 20 ގައި އިސްތިއުފާ ދެއްވައިފަ އެވެ.