ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން މިއަދު އައްޑޫގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން އިންތިޒާ،މުކުރާ މި އިވެންޓް އޮންނާނީ މިއަދު ހަވީރު ހިތަދޫ ސިޓީ ސްކެއާގަ އެވެ. އިވެންޓް ކުރިއަށް ދާނީ ހަވީރު 4:00-6:00 އަށެވެ.
ކައުންސިލުން ބުނ މިއަދު ހަރަކާތްތައް ހާއްސަކޮށްފައި ވަނީ ޔުނިސެފްގެ "ކުދިންނާ ގާތުން" ޕްރޮގްރާމްގެ ފްލެގްޝިޕްތަކާއި ޔުނިސެފް މޯލްޑިވްސްގެ މައިގަނޑު އަށް ޕްރޮގްރާމާ ގުޅުވައިގެން ކަމަށެވެ.
މިއަދުގެ ކުޑަކުދިންގެ ހަވީރުގައި ޖުމްލަ 15 ސްޓޯލެއް ހުންނާނެ އެވެ. މީގެ އިތުރުން ސްޓޭޖްގެ 21 ހަރަކާތެއް ކުރިއަށް ވެސް ގެންދާނެ އެވެ.
ކުޑަކުދިންގެ ހަވީރު ބާއްވަން އެހީތެރިކަން ފޯރުކޮށް ދީފައިވާ ފަރާތްތަކުގެ ތެރޭގައި އުރީދޫ މޯލްޑިވްސް، އެމްއެންޑީއެފް، ޔަންގް ލީޑާސް، ކަސްޓަމްސް، ބީއެމްއެލް، ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރު، ޕޮލިސް، އެޗްއާރްސީއެމް، ރެޑް ކްރެސެންޓް، ޝާއިރުންގެ ވާދީ، ދިރާގު، އެމްއެންސީސީގެ އިތުރުން ހިތަދޫ ސްކޫލް، ޝަރަފުއްދީން ސްކޫލް، ނޫރާނީ ސްކޫލް އަދި ޑްރީމްޓައިމް އައްޑޫ ހިމެނެ އެވެ.
ކައުންސިލުން ބުނީ މިއަދުގެ ކުޑަކުދިންގެ މި ހަވީރަކީ އައްޑޫގެ ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބެލެނިވެރިންގެ ތަރުހީބު ލިބޭނެ، އުފާވެރި މާހައުލަކަށްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.