Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

މީޑިއާ ވިލެޖް އަންނަ މަހަށް ނިމޭނެ: ތަރުޖަމާނު

މި ސަރުކާރުން ހުޅުމާލާގައި ގާއިމުކުރާ މީޑިއާ ވިލެޖުގެ މަސައްކަތް އަންނަ ޖޫން މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ތަރުޖަމާނު މުހައްމަދު ހުސައިންގެ ޝަރީފް (މުންދު) ގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެ މަސައްކަތް ހަލުވިކޮށް ކުރިއަށްދާ ކަމަށެވެ. އޭނަ ވިދާޅުވީ އެ މަސައްކަތް ކުރިން ހަވާލުކޮށްފައި އޮތް މިނިސްޓްރީ ބަދަލުވި ނަމަވެސް މަސައްކަތަށް ބުރުލެއް ނާރާ ކަމަށެވެ.

"އެންމެ ލަސްވެގެން ވެސް ޖޫން މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށް މައުލޫމާތު ދީފައި އޮތީ." ތަރުޖަމާނު ވިދާޅުވި އެވެ.

މީޑިއާ ވިލެޖު ތަރައްގީ ކުރަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މީގެ 17 ވަރަކަށް އަހަރު ކުރިން އެސްޓީއޯ އިން ސިޓީ ހޮޓަލެއް ތަރައްޤީކުރަން ހެދި އިމާރާތުގަ އެވެ. އެތަން ރާއްޖޭގެ ތަރައްޤީއަަށް އިންޤިލާބީ ބަދަލެއް ގެންނާނެ ފަދަ ގޮތަކަށް ތަރައްޤީކޮށް، ހިންގުން ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެ ވެ.

"މަންހަޓަން ގްރޭންޑު"ގެ ނަމުގައި އެ ހޮޓާ އަލުން ތަރައްޤީކުރާ އިރު، އެތަނުގެ 3 ނުވަތަ 5 ފަންގިފިލާ ޚާއްޞަ ކުރަނީ، ރައީސް ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި މުހިންމު 4 ވަޢުދެއް ފުއްދައި ދިނުމަށެވެ. އެގޮތުން ޔޫތު ސެންޓަރަކާއެކު މީޑިއާ ވިލެޖާއި، މެޑިކަލް ކޮލެޖަކާއި، ތަރިކަ ކޮލެޖު އެ އިމާރާތުގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވެ އެވެ.

މިޑިއާ ވިލެޖަކީ ރާއްޖޭގެ މީޑިއާތައް ހިންގަން ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ސަރުކާރުން ގާއިމުކޮށް ދޭ ތަނެކެވެ.