Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

އޮސްޓްރޭލިއާ އެކު ކަނޑުދަތުރުގެ ސަލާމަތާ ގުޅޭ އެއްބަސްވުމެއް

ކަނޑުދަތުރުފަތުރުގެ ސަލާމަތާ ގުޅޭ ފަހުމުނާމާއެއްގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ އާއި އޮސްޓްރޭލިއާގެ ބޯޑާ ފޯސް ކޮމާންޑްއާ ދެމެދު ސޮއިކޮށްފި އެވެ.

ދިފާއީ ވުޒާރާގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދެވެ.

މި ފަހުމުނާމާގެ ދަށުން، ދެ ޤައުމު ގުޅިގެން ތަމްރީނުތައް ބޭއްވުމާއި، ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމާއި، މަޢުލޫމާތާއި ތަޖުރިބާ ޙިއްސާކުރުމާ ބެހޭ އޮނިގަނޑެއް އެކުލަވާލާނެ އެވެ.

މި ފަހުމުނާމާގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދިމާވާ އެކި ކަހަލަ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ދެ ޤައުމު ގުޅިގެން އެންމެ އެދެވޭ ގޮތުގައި މަސައްކަތްކުރުމަށް މަގުފަހިކުރުމެވެ.