Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ހައުސިން ޔުނިޓްތައް އަޅަން ބިންތައް ހަވާލުކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދ. ކުޑަހުވަދޫ ރައްޔިތުންގެ އަމިއްލަ ގޯތީގައި ހައުސިން ޔުނިޓުތައް އިމާރާތްކުރުމަށް ބޭނުންވާ ބިންތައް މިނިސްޓްރީއާ ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.

މި މަޝްރޫޢުގެ ދަށުން އެ ރަށުގެ ރައްޔިތުންގެ އަމިއްލަ ގޯތީގައި 50 ހައުސިން ޔުނިޓް އަޅަން ހަމަޖެހިފައިވެއެވެ. އެގޮތުން ހައުސިންގ ޔުނިޓް އަޅަން ހަމަޖެހިފައިވާ 46 ބިމެއް މިހާތަނަށް ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފައިވެ އެވެ.

ފްލެކްސިންކް ޕްރައިޓެޑް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢު އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ ނޮވެމްބަރު 6، 2025 ގަ އެވެ.

ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 900 އަކަފޫޓުގެ 3 ކޮޓަރީގެ ހައުސިންގ ޔުނިޓްތަކެކެވެ.

ކުޑަހުވަދު އަކީ މި ސަރުކާރުން އާބަން ސެންޓަރެއްގެ ގޮތުގައު ތަރައްގީ ކުރަން ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ.