ކުޑަކުއްޖަކާ ބެހުމުގެ ތުހުމަތުގައި އުތުރުގެ ރަށަކުން 32 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ރޭ ބުނީ އެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިދިޔަ މަހުގެ 27 ގައި ކަމަށެވެ. އެ މައްސަލައާ ގުޅިގެން ޒުވާނާ ހައްޔަރުކުރީ އިއްޔެ އެވެ. ފުލުހުން ބުނީ އެ މައްސަލަ ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލަ އަކީ އއ. އަތޮޅުގެ ރަށެއްގައި ހިނގި ހާދިސާއެކެވެ.