Last Updated: July 11, 13:18
Saturday, July 11, 2026
މުނިފޫހިފިލުވުން

'ސަލާމޭ އިޝްގް' ގެ ދެވަނަ ބައެއް ހަދަނީ

މީގެ 19 އަހަރު ކުރިން ރިލީޒްކުރި ބޮލީވުޑްގެ ރޮމޭންޓިކް ޑްރާމާ 'ސަލާމޭ އިޝްގް' ގެ ދެވަނަ ބައއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ވެރައިޓީ އިންޑިއާ އިން ބުނީ ޑައިރެކްޓަރު ނިކިލް އަދުވާނީ މިހާރު އޭގެ ސްކްރީންޕްލޭގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު 2007 ގައި ގެނެސްދިން ފިލްމާ ހިލާފަށް 'ސަލާމޭ އިޝްގް' ގެ ސީކްއެލްގައި ދައްކުވައި ދޭނީ ލޯބީގެ ތިން ޖޯޑެއްގެ ވާހަކަ އެވެ. ފުރަތަމަ ބައިގައި ހަ ޖޯޑެއްގެ ވާހަކަ، އެއް ބަޔާއި އަނެއް ބަޔާ ގުޅޭ ގޮތަށް ގެނެސްދީފައިވާ އިރު، ފިލްމުން ވަރަށް ބޮޑު ކާސްޓެއް ވެސް ފެނިގެން ގޮސްފައިވެ އެވެ.

'ސަލާމޭ އިޝްގް' ގެ މައިގަނޑު ކާސްޓްގައި ސަލްމާން ޚާން، ޕްރިޔަންކާ ޗޯޕްޅާ، ޖޯން އަބްރަހަމް، ވިދިއާ ބާލަން، އަނިލް ކަޕޫރް، ޖޫހީ ޗާވްލާ، އަކްޝޭ ކަންނާ، އައިޝާ ޓާކިއާ، ސުހައިލް ޚާން، އީޝާ ކޯޕިކަރް އަދި އަންޖަނާ ސުހާނީ ހިމެނެ އެވެ.

މީޑިއާތަކުން ބުނީ 'ސަލާމޭ އިޝްގް 2' އަށް ތައްޔާރީތައްވަމުން އަންނަ އިރު، މީގެ މިއުޒިކް ވެސް ހަދާނީ ޝަންކަރް-އިހްސާން-ލޯއި ކަމަށެވެ. މި ތިން ފަންނާނުންގެ މިއުޒިކް ހިމެނޭ 'ސަލާމޭ އިޝްގް' އަކީ އެ ފިލްމު ރިލީޒްކުރި ދުވަސްވަރު އޭގެ ބައެއް ލަވަތައް ވަރަށް މަޝްހޫރު ވެސް ވި ފިލްމެކެވެ.

އަދި މި ފިލްމަކީ 2003 ގެ 'ކަލް ހޯ ނަ ހޯ' އަށް ނިކިލް ޑައިރެކްޓްކޮށް ގެނެސްދިން ލޯބީގެ ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ޖޯން އާއި ޝަރްވާރީ ވާގްއާ އެކު 2024 ގައި ގެނެސްދިން އެކްޝަން ޑްރާމާ 'ވޭދާ' އެވެ.