Last Updated: July 15, 11:57
Wednesday, July 15, 2026
ޚަބަރު

ކުރިއަށް އޮތީ މޫސުން ގޯސް 5 ދުވަސް

މޫސުން ގޯސް ދުވަހެއް - ފޮޓޯ: ޕޮލިސް

ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން އިލްތިމާސްކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑާއި ގުޅިގެން ދެކުނު ސަރަހައްދުގައި ދަނީ ވައި ގަދަވަމުން ކަމަށާއި އަދި ރާއްޖޭގެ އިރުއުތުރުން އުފެދިފައިވާ ލޯޕްރެޝަރު، ޓްރަޕްގެ ސަބަބުން އެސަރަހައްދުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުން އަންނަ ކަމަށެވެ.

މިއާއެކު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ފެށިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަމަށް ވެސް މެޓުން ބުންޏެވެ.

"އެހެން ކަމުން ކުރިއަށް އޮތް 5 ދުވަސް [9 މޭއި އިން 13 މޭއަށް] ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭ ހިމެނޭ ސަރަހައްދުގައި ވައިގަދަވެ، ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ" މެޓުން ބުންޏެވެ.

މެޓުން ވަނީ ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުރުމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކޮށްފަ އެވެ.