Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ތޫނު އެއްޗަކުން ހަމަލާ ދީ ނާޒިމް ޒަހަމްކޮށްލައިފި

ނާޒިމް ސައްތާރު - ފޮޓޯ: މިހާރު

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ، އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 12 ޖަހާކަން ހާއިރު ކަމަށެވެ. މި ހަމަލާގައި އަނިޔާވެފައިވަނީ އުމުރުން 49 ނުވަ އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި ހާދިސާގައި އަނިޔާވި މީހާގެ ނަން ފުލުހުން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، އެނގިފައިވާ ގޮތުގައި މި ހަމަލާ އަމާޒުވެފައިވަނީ ނާޒިމް ސައްތާރަށެވެ.

މި ހާދިސާއާ ގުޅިގެން އިތުރު ތަފުސީލެއް އަދި މިހާތަނަށް ލިބިފައެއް ނުވެ އެވެ.