އައްޑޫގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކުރިމަގު ބައްޓަން ކުރުމުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމުގެ ގޮތުން މި ހަފުތާގައި ބާއްވަން ހަމަޖެހިފައިވާ "އައްޑޫ ބިޒްނަސް ޑައިލޮގް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އޭގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫގެ ހުރިހާ ވިޔަފާރިވެރިންނަށް ދައުވަތު އަރުވާ ކަމަށެވެ.
މިނިސްޓްރީން ބުނީ މި މަހުގެ 13 އާއި 14 ގައި ބާއްވަން ހަމަޖެހިފައިވާ އިވެންޓަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤުތިޞާދީ ދާއިރާ ހަރުދަނާ ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ. އެހެންވެ މިއީ ވިޔަފާރިވެރިންގެ އަޑު ސަރުކާރަށް އިއްވުމަށް ލިބޭނެ ވަރަށް ރަނގަޅުި ރަނގަޅު ފުރުޞަތެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"އައްޑޫ ބިޒްނަސް ޑައިލޮގް" ގައި ބައިވެރިވާން ރަޖިސްޓްރީވާނީ މި ލިންކް މެދުވެރިކޮށެވެ.
މި އިވެންޓްގައި ފޯރަމްގައި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ލޭބާ މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އަދި ފިޝަރީޒް މިނިސްޓްރީ ފަދަ ތަންތަނުން ވެސް ބައިވެރި ވާނެ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ "އައްޑޫ ބިޒްނަސް ޑައިލޮގް" ތެރޭގައި ހިތަދޫ ޕޯޓް ސަރަޙައްދުގައި ތަރައްގީކުރާ ފްރީ ޒޯން މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އައްޑޫގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ތިން އަހަރުގެ މުއްދަތަށް ދައުލަތަށް ކުއްޔާއި ޓެކްސްތައް ދައްކަން ނުޖެހޭ ގޮތަށް ލުއިތަކެއް ދޭން ނިންމާފައިކަން ވެސް އިއުލާން ކުރައްވައިފަ އެވެ. އެގޮތުން މި ގެންނަ ބަދަލު ޖެނުއަރީ 1، 2027 އިން ފެށިގެން ތަންފީޒުވާން ފަށާނެ ކަމަށާއި އެކަމަށް ގާނޫނީ ގޮތުންނާއި ފަންނީ ގޮތުންނާއި ޓެކްނިކަލް ގޮތުން ކުރަން ޖެހޭ ކަންކަން މި އަހަރުގެ ތެރޭގައި ހަމަޖައްސައި ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެވެ.