ރައްޔިތުންގެ މަޖިލީހުގެ ގއ. ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާމިޒު މިއަދު އަވަހާރަވެއްޖެ އެވެ.
އޭނަ އަކީ އުވާލާފައިވާ ކުރީގެ ޕާޓީ ޑީއާރްޕީގެ ނައިބު ލީޑަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.
މާލެ އަށް ނިސްބަތްވާ ރާމިޒު އަވަހާރަވި އިރު އުމުރަކީ 74 އެވެ. އޭނަގެ ޖަނާޒާ އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ޤައުމަށް ޚިދުމަތް ކުރެއްވި، ގ.ލިފަދޫ، މުޙައްމަދު ރާމިޒް އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް ތަޢުޒިޔާ… pic.twitter.com/HUMxGGQ2DM
— Dr Mohamed Muizzu (@MMuizzu) May 9, 2026
ރާމިޒް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނަގެ އާއިލާ އަށް ތައުޒިޔާ ފޮނުއްވައި ވިދާޅުވެފައި ވަނީ ރާމިޒަކީ ޓޫރިޒަމާއި ވިޔަފާރީގެ ދާއިރާ އިން ވެސް ޤައުމަށް ޚިދުމަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.