ފުލުހުންގެ ބަންދުގައި ހުރި މީހަކު ފަރުވާއަށް ގެންގޮސް އެޑްމިޓްކޮށްފައި އޮއްވާ ފިލާފައި ވަނިކޮށް ހޯދައި އަތުލައިގެންފި އެވެ.
ފުލުހުން ބުނީ ގއ. ވިލިގިލީގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު، އެ އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށް ފިލީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނަ ފިލުމާ އެކު ހޯދަން ފަށައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
މި މައްސަލަ ފުލުހުން މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.